ރައީސް ޑރ.މުހައްމަދު މުއިއްޒު މި މަހުގެ 16 ވަނަ ދުވަހު މާލެ ސިޓީގެ ގަލޮޅުގެ ރައްޔިތުންނާ ބައްދަލު ކުރައްވަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ބައްދަލުކުރެއްވުން އޮންނާނީ، މި މަހުގެ 16ވާ އަންގާރަ ދުވަހުގެ ރޭ 8:30ގައި އިމާދުއްދީން ސްކޫލްގައެވެ.

ރައީސް މުއިއްޒު ވަނީ ވިލިމާލެ، ހެންވޭރު އަދި މާފަންނުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުންތަކުގައި، ރައްޔިތުން ބޭނުންވާ ސުވާލެއް ރައީސްއާ ކުރުމަށް ފުރުސަތު ދެއެވެ.

ބައްދަލުވުންތަކުގައި ބައިވެރިވާ މީހުން ބުނާގޮތުގައި، މީގެ ކުރިން ރާއްޖޭގެ ވެރިންނާ ބައްދަލުކޮށް، މިފަދައިން ޝަކުވާތައް ހުށަހެޅުމަށް ފުރުސަތެއް ނުދެއެވެ.