ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ދަށުން ރ. ދުވާފަރުގައި ބަސް ދަތުރުގެ ހިދުމަތް ފަށައިފިއެވެ.

އެ ހިދުމަތް އެ ރަށުގައި ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ހަތަރުހާހަށް ވުރެ ގިނަމީހުންގެ އާބާދީއެއް ދިރިއުޅޭ ދުވާފަރުގައި އާރްޓީއެލް ބަހުގެ ހިދުމަތް ފެށުމާއެކުރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްގަމު ތުރުފަތުރު ކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

އެމްޓީސީސީން އަންނަނީ، ބައެއް ސިޓީތަކާއި އާބާދީ ބޮޑެތި ބައެއް ރަށްރަށުގައި މިހާރުވެސް އާރްޓީއެލް ބަހުގެ ހިދުމަތް ދެމުންނެވެ.

އާރްޓީއެލްގެ ދަށުން އެންމެ ފުޅާކޮށް ދެނީ ފެރީގެ ހިދުމަތެވެ.