ރ. ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި ފާނަ ޕްރޮސެސްކުރާ ފެސިލިޓީއެއްގެ އިތުރުން މަސްބަނދަރެއް ގާއިމްކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ ތްރީ ވޭ އެންޓަޕްރައިސެސް އާއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ދުވާފަރުގައި ބޭއްވި ޖަލްސާގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއެވެ.

މަސައްކަތް ކުރާ ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން އިބްރާހީމެވެ.

ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި ފާނަ މަސް ޕްރޮސެސްކުރާ ފެސިލިޓީގެ އިތުރުން މަސްވެރިކަމުގެ އުޅަނދުތައް ކައިރިކުރުމަށް ވަސީލަތްތައް ހިމެނޭ ބަނދަރެއްވެސް ތަރައްގީކުރާނެއެވެ.