ހއ. ކެލާގައި ދިވެހި ޕާސްޕޯޓު ހެެއްދުމުގެ ހިދުމަތް ފަށައިފިއެވެ.

ކެލާގައި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަދުއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ހއ. އަތޮޅުން ޕާސްޕޯޓު ނަގަން ބޭނުންވާ ފަރާތްތަކަށް ”ކަލެކްޝަން ޕޮއިންޓް“ ގޮތުގައި މިހާރު ދިއްދޫ، އިހަވަންދޫ އަދި ކެލާ ވެސް ހިޔާރުކުރެވޭނެ ކަމަށެވެ.

އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމަށްޓަކައި އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

އެގޮތުން، ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާހު ކޮށްފައެވެ.