ކުދި އަދި މެދު ފަންތީގެ ވިޔަފާވެރިންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެ ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި ސޯޝަލް ސެންޓަރުގައެވެ.
ރައްޔިތުންނާ ބައްދަލު ކުރައްވަން ރައީސް ސިލްސިލާކޮށް ބާއްވަމުން ގެންދަވާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ވަނީ ގަލޮޅުގެ ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ. އަދި މާދަމާ ރޭ ހުޅުމާލޭ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލު ކުރައްވާނެއެވެ.
ރައީސްގެ ބައްދަލުވުންތަކުގެ ބޭނުމަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އައްސަވައި، އެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރެއްވުމަށް ފަހުއެވެ.
އެގޮތުން ރައީސް ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ.

