ގުޅިފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮއްވާ ފެނިފައިވަނީ ޗައިނާ ރައްޔިތެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އެމީހާ ކަނޑަށް ވެއްޓިފައިވަނީ 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައިކަން ކަމަށް އެނގިފައިވާ ކަމަށެވެ.

އަދި އެވަގުތު މީހާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށްވެސް މައުލޫމާތު ދީ މީހާ ހޯދުމުގެ މަސައްކަތްކޮށް، ކޯސްޓްގާރޑަށް އެކަމުގެ މައުލޫމާތު ދީފައިވާކަން މިހާތަނަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޯސްޓްގާޑުން މީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ ހަމަ އެ ދުވަހު 13:32 އެހައިކަންހާއިރު ކަމާށް ފުލުހުން ވިދާޅުވިއެވެ. އެމީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމް ހޮސްޕިޓަލަށެވެ.

މަރުވެފައި އޮތްވާ ފެނިފައިވަނީ ޗައިނާ ރައްޔިތެއްކަމަށްވާ ޗެންގް ޖިއާ (38އ)އެވެ.

ފުލުހުން ދަނީ މިހާރު މިމައްސަލަ ތަހުގީގު ކުރަމުންނެވެ.