ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާދީއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވަައިފިއެވެ.

ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް ސަލާހުއްދީން ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ އަންނަ އާދީއްތަ ދުވަހުގެ ރޭ 8:30 ގައި ފޭސް އެކެއްގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވާނެ ކަމަށެވެ.

ފޭސް އެކެއްގެ ރައްޔިތުންނާއެކު ރައީސް ބާއްވަވާ ބައްދަލުވުން ކުރިއަށްދާނީ ރެހެންދި ސްކޫލްގައެވެ.

މާލޭގެ ރައްޔިތުންނާއެކު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރައީސް ވަނީ މިހާތަނަށް ވިލިމާލެ، މައްޗަންގޮޅި، މާފަންނު، ހެންވޭރު، ގަލޮޅު އަދި ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.