މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން، މާލޭގައި ފެންބޮޑުވެދާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކޮށްފިއެވެ.
ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓުން ލަފާކުރާއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
އެންޑީއެމްއޭއިން ވަނީ ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލައި ފިޔަަވަޅު އަޅަން އިލްތިމާސްކޮށްފައެވެ.
އެގޮތުން ގޭތެރޭގައި ފެންބޮޑުވެއްޖެ ނަމަ ގެއްލުންވާނެ ފަދަ ތަކެތި، ފެނުގެ އަސަރު ނުކުރާ ފަދަ ތަނަކަށް ބަދަލުކުރަން އެ އޮތީރިޓީން ވަނީ އަންގާފައެވެ.
އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދަށް ވިއްސާރަކުރާނެ ކަމަށް މެޓުން ބުނެއެވެ.

