ތ. ވަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ހިރިލަންދޫ، ދިލާސާގެ މުހައްމަދު ނަވާޒް (25އ) އެވެ.

ފުލުހުން ބުނީ މުހައްމަދު ނަވާޒް ހައްޔަރުކޮށްފައިވަނީ މިއަދު ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހެނދުނު ހިންގި އޮޕަރޭޝަނެއްގައި ވަންދޫ ބަނދަރު މަތިން ކަމަށެވެ.

ނަވާޒަކީ ފުލުހެއްކަން ހާމަކޮށް، ފުލުހުން ބުނީ، މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރުމާއެކު މުހައްމަދު ނަވާޒް ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން މުހައްމަދު ނަވާޒް އާއި އޭނާ ގެންގުޅުނު ތަކެތި ބަލައި ފާސްކުރި އިރު އޭނާ އަތުގައި އޮތް ބެއާއެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓް ފެނިފައިވެއެވެ.

އަދި އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރުމުން މަަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.