ބޭނުންވާނެ ތަކެތި:

500 މލ ކިރު

4 މ ސަމްސާ ކޮކޯ ޕައުޑަރ

1/2 ޕެކެޓް މާރީ ބިސްކޯދު

3 މ ސަމްސާ ހަކުރު

2 މ ސަމްސާ ބަޓަރ

2 މ ސަމްސާ ކޯން ފުލާ

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ، ބިސްކޯދު، ބަޓަރ އަދި 2 ސަމްސާ ކޮކޯ ޕައުޑަރ މިކްސްޗަރުގައި ރަނގަޅަށް ހިމުން ކޮށްލާށެވެ.

އެއަށްފަހު ތަވަޔަށް ކިރު، ކޯންފުލާ އަދި 2 ސަމްސާ ކޮކޯ ޕައުޑަރ އަޅާ އޮލަވަންދެން ކައްކާލާށެވެ.

ދެން ތަވައެއްގައި ހަކުރުކޮޅު ބުރައުން ކޮށްލާފައި ކުރިން ކެއްކި ބަޔާ އެއްކޮށްލާށެވެ. އަދި ކުޑަ ޓްރޭއަކަށް ބިސްކޯދުކޮޅު އަޅާ ރަނގަޅަށް އެއްވަރުކޮށްލާފައި ޕުޑިންކޮޅު އޭގެ ތެރެއަށްއަޅާ އެއްވަރު ކޮށްލާފައި ފިނިކޮށްލާށެވެ.