ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އަށް މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މަހުގެ 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންތަކުގައި މާލޭގެ ހަތް އެޕާޓްމަންޓް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ މއ. ގުލްބަކާގެ / މާލެ، އަހުމަދު ޒިޔާން (48އ) އާއި ހ. ބްލޫސްކޫޕް / މާލެ، ޒުހުރާ އަބްދުއްލަތީފް (54އ) އާއި މ. ދޮއްތަޑަފިގެ / މާލެ، އިސްމާޢީލް އައިކް މުހައްމަދު (19އ) އާއި ހ. ހުދުކެލާ / މާލެ، އިސްމާޢީލް ރަޝީދު (53އ) އާއި މ. ރަނިކަ / މާލެ، ހަސަން ޙަލީމް (42އ) އާއި މ. ރަނިކަ / މާލެ، އާޝިޔާ ހަލީމް (51އ) އާއި މއ. އައިރީ / މާލެ، އަލީ އީވާން (43އ) އާއި އެތުމާގެ / ގދ. ގައްދޫ، އާއިޝަތު ނަޒުމާ (44އ) އެވެ.

މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

 

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި އިތުރު މީހުން

 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މ. ދޮއްތަޑަފިގެ / މާލެ، އިސްމާޢީލް އައިކް މުޙައްމަދު (19އ) 5 ދުވަހަށް އަދި ދެންތިބި 7 މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.