ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ޖުމުލަ 30 ޕަސެންޓު ނިމިފައިވާ ކަމަށް އެ މަސައްކަތްކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު ހާމަކޮށްފިއެވެ.

އެ މަޝްރޫއުގެ ތެރެއިން ރަސްމާލެ ސައިޓު ’އޭ’ގެ މަސައްކަތް ފެށީ މި މަހުގެ ފުރަތަމަ ދުވަހެވެ.

އެމްއޭސީއެލުން ބުނީ ރަސްމާލޭގެ ސައިޓު ”އޭ“ގައި ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 41 ހެކްޓަރުގެ ބިން ހިއްކައި ނިންމައިލެވިފައިވާ ކަމަށެވެ.

މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ”ޓޯޓަލް ސޮލިއުޝަން“ ހޯދައިދޭނެ މަޝްރޫއު ކަމަށް ސަރުކާރުން ބުނެއެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ތެރެއިން: ފޮޓޯ/ އެމްއޭސީއެލް

ހައްްލެއް ހޯދައިދިނުމަށް ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު، ރަސްމާލެ ހިއްކުން އަވަސް ކުރުމަށް ބޮޑު ޑްރެޖަރެއް ގެނެސް، އަންނަ މާޗު މަހުގެ ނިޔަލަށް އެ މަޝްރޫއު ނިންމައިލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވީ، މި ދައުރުގައި ރަސްމާލެއިން 25،000 ގޯތި ދޫކުރާނެ ކަމަށެވެ. އެގޮތުން، ފުރަތަމަ މަރުހަލާގައި އެ ތަނުން ދޫކުރުމަށް ހަމަޖެހިފައިވަނީ، 15،000 ގޯއްޗެވެ. މި ގޯތިތަކަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 4 ވަނަ ދުވަހު ހުޅުވައިލާނެއެވެ.