ޑިސެންބަރު މަހާއި ޖަނަވަރީ މަހު ރާއްޖެއިން 7000 އަށްވުރެ ގިނަ މީހުން ޢުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ދަތުރު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ޑިސެންބަރު މަހާއި ޖަނަވަރީމަހު ރާއްޖެއިން ޖުމްލަ 7726 މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދާން ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އެންމެ ގިނަ އަދަދެއްގެ އުމްރާވެރިން ފުރަން ހަމަޖެހިފައިވަނީ، މިމަހުގެ 28 ވަނަ ދުވަހުއެވެ. އެދުވަހު 1049 އުމްރާވެރިން މައްކާއަށް ފުރަން ހަމަޖެހިފައި ވެއެވެ.
މި މަހާއި ޖަނަވަރީ މަހު އުމްރާއަށް ދާ އެންމެ ފުރަތަމަ ގްރޫޕް މައްކާއަށް ފުރީ، މިމަހުގެ 21 ވަނަ ދުވަހުއެވެ.
އެ ދުވަހު 262 އުމްރާވެރިން ފުރާފައިވެއެވެ.
އަދި އެންމެ ފަހު ގްރޫޕް ފުރަން ހަމަޖެހިފައިވަނީ، އަންނަ މަހުގެ 9 ވަނަ ދުވަހުއެވެ. އެދުވަހު 298 ޢުމްރާވެރިން ފުރަން ހަމަޖެހިފައި ވެއެވެ.

