ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މި ތަކެތި އަތުލައިގެންފައިވަނީ ޗޮކްލެޓް ސިރަޕް ފުޅިތަކެއް ބަލައިފާސްކުރުމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަވުމުން ހިންގި އޮޕަރޭޝަނެއްގައެވެ.

ކަސްޓަމްސް އިން ބުނީ މި އޮޕަރޭޝަނުގައި، ފުޅިތަކުގެ ތެރޭ ހުރި ތަކެތި ޓެސްޓުކޮށް އެއީ ކޮންޗެއްތޯ ބަލާފައިވާ ކަމަށާއި މި ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމުން ޕޮޒިޓިވްވެފައިވަނީ ހަޝިޝް އޮއިލަށް ކަމަށެވެ.

އެ ތަކެތީގެ ބަރުދަން 40 ކިލޯ އަށް ވުރެ މަތިވާނެ ކަމަށާއި މަގުމަތީގެ އަގު ވެސް 30 މިލިއަނަށް ވުރެ އިތުރު ކަމަށް ކަސްޓަމްސް އިން ބުނެއެވެ.