ގދ. ފިޔޯރީގެ މަގުތައް ހެދުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މި މަހުގެ 25ވަނަ ދުވަހު ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުالله މުއްތަލިބެވެ.

އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަޒީމެވެ.

މަސައްކަތް ފަށާތާ 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ ޖުމްލަ 71,208,238.32 ރުފިޔާ އަށެވެ.