ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސްގެ އެ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ. އެ ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ދީފައެއް ނުވެއެވެ.

މިއީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ސިންގަޕޫރަށް ރައީސް ކުރައްވާ ފަސްވަނަ ނުރަސްމީ ދަތުރުފުޅެވެ.

އެންމެ ފަހުން އެ މަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ ޖުލައި މަހުގެ 31 ގައެވެ.

އެ ދަތުރުފުޅު ނިންމަވައިލައްވައި، ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވީ މިދިޔަ އޯގަސްޓް މަހުގެ ފަސް ވަނަ ދުވަހުގައެވެ.