ކޯޓަށް ހާޒިރުކުރުމަށް ހޯދުމަށްޓަކައި 9 ފަހަރެއްގެ މަތިން ފުލުހުން އިޢްލާންކޮށްގެން ނުފެނުން ދ.ވާދޫ / ސަބާހާމަންޒިލް، އިޒާމް ޒާހިރު (25އ) މިއަދު އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވުމުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ބަންދުގައި ބަހައްޓައިގެން 2025 ޑިސެންބަރު 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުކު ރުމަށްކަަމަށެވެ.
އިޒާމްއަކީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެކި ފަހަރު މަތިން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ މީހެކެވެ.
އަދި އެމީހާ ކޯޓަށް ހާޒިރުކުރުމަށް ހޯދުމަށްޓަކައި 9 ފަހަރެއްގެ މަތިން ފުލުހުން ވާނީ އިއުލާންކޮށްފައެވެ.

