އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ “ރިވެލި” އޮޕަރޭޝަނުގައި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ސިނގިރޭޓުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު ހައްުޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރިގޮތުގައި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ 44 އަހަރުގެ ޝުކޫރު އަލީއެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރު ކުރީ، ރޭ ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެއްޗާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސިންނާއި އެ މީހުން ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.

އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން 10 ސިނގިރޭޓު ފޮއްޓާއި 3200 އަށް ވުރެ ގިނަ ޑޮލަރާއި 2900 އަށް ވުރެ ގިނަ ރުފިޔާ ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އޭނާ އުޅެމުންދިޔަ ތަން ބަަލައިފާސްކުރުމުގެ ތެރެއިން 32 ކާޓޫގެ ސިނގިރޭޓާއި 13 ފޮށި ސިނގިރޭޓު ފެނިފައި ވެއެވެ.

މި މައްސަލައިގައި ޝުކޫރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.