ޕްލޭނިން މިނިސްޓްރީން 14 ރަށެއްގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށްގެންދިޔުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ  ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ 14 ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްގީގެ 14 މަޝްރޫއުއެއްގެ އެއްބަސްވުންތަކުގައި އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް އިސްމާއީލް ހަމީދެވެ.

އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ.

ސޮއިކުރެވުނު އެއްބަސްވުންތައް:

ނ. ހެނބަދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

* ނ. ހޮޅޮދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

* ގއ. ކަނޑުހުޅުދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

* ދ. ބަނޑިދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

* ނ. މާފަރު ހިއްކުމުގައި ގޮނޑުދޮށް ހިމާޔަތްކުރުން

* ރ. އުނގޫފާރު ބަނދަރު ތަރައްގީ ކުރުން

* ހއ. މުރައިދޫ ބަނދަރު ބޭރުތޮށި ތަރައްގީ ކުރުން

* ހއ. އިހަވަންދޫ އާޓިފިޝަލް ބީޗް ތަރައްގީ ކުރުން

* ނ. މާޅެންދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

* ރ. އަލިފުށި އިންޑަސްޓްރިއަލް ޒޯން ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

* ހއ. ފިއްލަދޫ ގޮނޑުދޮށް ހިމާޔަތްކުރުން

* ހއ. ވަށަފަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

* ކ. ގާފަރު ގޮނޑުދޮށް ހިމާޔަތްކުރުން

* ގދ. ފަރެސްމާތޮޑާ މަގު ހެދުން (ދެވަނަ ފިޔަވަހި)

 

ރާއްޖޭގެ އެކި ރަށްތަކުގައި ތަފާތު މަޝްރޫއުތައް ދަނީ ހިންގަމުންނެވެ.