ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހުމަދު ޝަމާހު ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނީ، ޝަމާހު ވަކިކުރީ މިއަދުން ފެށިގެން ކަމަށެވެ.
ނަމަވެސް އޭނާ ވަކިކުރި ސަބަބާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަނުކުރެއެވެ.

މި ސަރުކާރުގައި ޝަމާހުއަށް ފުރަތަމަ ދިނީ މިފްކޯގެ ސީއީއޯ ކަމުގެ މަގާމެވެ.

އެ މަގާމުން އޭނާ ވަކިކުރީ 2024ވަނަ އަހަރުގެ މެއި 21 ގައެވެ.