ރާއްޖޭގައި ފުރަތަމަ ފަހަރަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާފައިވާ ދިވެހި ބަހުން ވާހަކަ ދައްކާ ވާޗުއަލް އެސިސްޓަންޓް ”އެވީ“ އުރީދޫ މޯލްޑިވްސް އިން ތައާރަފުކޮށްފިއެވެ.
އެވީ އަކީ ދިވެހި ސަގާފީ އެންމެ މަގުބޫލު އެއް ހެދުން ކަމުގައިވާ، ރަތް ލިބާހުގައި ހުންނަ އަންހެން ކެރެކްޓާ އެކެވެ. އެވީގެ އެހީ ހޯދައިގެން، އުރީދޫގެ އެޖެންޓަކާ ވާހަކަދެއްކުމަށް, ކަސްޓަމާ ކެއާ ހޮޓްލައިން ނަންބަރު 929 ގުޅައިގެން ލައިންގައި މަޑުކުރުމުގެ ބަދަލުގައި ޑޭޓާ, ވޮއިސް އަދި އެސްއެމްއެސްގެ ބާކީ ހުރި ވަރާއި ބިލުތަކާ ބެހޭ މައުލޫމާތު ދިވެހި ބަހުން ހޯދޭނެއެވެ.
Proud of our team at @OoredooMaldives & the talented developers at @funn_ai that upgraded Evee into the first AI Bot in the Maldives that speaks Dhivehi.Kudos to the creative team @PublicityBureau who brought our idea for Evee to life so beautifully. #DigitalMaldives #Evee pic.twitter.com/3XueVpbYT3
— Hussain Niyaz (@hniyaz) October 24, 2022
މި ހަފުލާގައި އުރީދޫން ވަނީ ހާއްސަ ތާނަ ފޮންޓެއްވެސް ތައާރަފުކޮށްފައެވެ. އެ ފޮންޓު ތައާރަފުކޮށްދެއްވީ އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫނެވެ.
އޭއައި ޓްކްނޮލޮޖީ މެދުވެރިކޮށް ދިވެހި ބަހުން މުއާމަލާތްކުރާ ފުރަތަމަ ޑިޖިޓަލް ކެއާ އެސިސްޓެންޓް "އެވީ" މިއަދު އަޅުގަނޑުމެން މި އިފްތިތާހުކުރީ ނުހަނު އުފަލާއެކު.
929 އަށް ގުޅާލައިގެން އެވީ މެދުވެރިކޮށް ޑޭޓާ، އެސްއެމްއެސް، ވޮއިސް އަދި ބިލް ބެލެންސް މިހާރު ބަލާލެވޭނެ. pic.twitter.com/FMU0QhJpr1
— Ooredoo Maldives (@OoredooMaldives) October 24, 2022
ރާއްޖޭގައި އާންމުކޮށް މިހާރު ބޭނުންކުރަމުން އަންނަ ގިނަ ތާނަ ފޮންޓު އަމިއްލައަށް ފަރުމާކޮށް ހިލޭ އާންމުންނަށް ގެނެސްދޭ ހުސެއިން ނިޔާޒު ފަރުމާކުރި އުރީދޫގެ ފޮންޓުގެ ހަތަރު ސްޓައިލެއް ހިމެނެއެވެ. އެއީ ލައިޓް, ރެގިއުލާ, ބޯލްޑް އަދި އެކްސްޓްރާ ބޯލްޑެވެ.
މި ފޮންޓުތައް އުރީދޫ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.