މިދިޔަ އަހަރުގެ އޮކްޓޯބަރު 27 ވަނަ ދުވަހު ފަތިހު އެއާޕޯޓުގައި ހިންގި ފޭރުމުގެ މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ޖުމުލަ 8 މީހަކު ހައްޔަރުކޮށްފައިވެއެވެ. މި އެންމެންވެސް ތިބީ ބަންދުގައެވެ.

މި މައްސަލައިގެ ތުހުމަތުގައި މި މަހުގެ 13 ވަނަ ދުވަހު، ފުލުހުން ހައްޔަރު ކުރީ މީޒާން / ރ.މަޑުއްވަރި، އިސްމާއީލް ސިރްހާން (30އ)އެވެ.

އޭނާ ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން ކަމަށެވެ.