ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)އިން މިއަދު ބުނެފިއެވެ.
ކައުންސިލު އިންތިހާބު ބާއްވަން އީސީއިން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް އަހުމަދު ޒާހިދު ވިދާޅުވީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ ހޮނިހިރުގައި ހުޅުވާލާނެ ކަމަށެވެ.
އަދި އެ ފުރުސަތު އަންނަ ފެބްރުއަރީ މަހު ހަމަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޒާހިދު ވިދާޅުވީ އިންތިހާބަށް ކުރިމަތިލެވޭނީ ޑިޖިޓަލްކޮށް އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
އެގޮތުން މިހާރުވެސް ޕޯޓަލް މެދުވެރިކޮށް ފޯމު ފުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށާއި ނަމަވެސް ފޯމު ހުށަހެޅޭނީ އަންނަ ހޮނިހިރުން ފެށިގެން ކަމަށް ޒާހިދު ވިދާޅުވިއެެވެ.

