”ބޯހިވާހިކަން އެންމެންނަށް“ ޕްރޮގްރާމުގެ ދަށުން ދޫކުރާ ބިމާއި ފުލެޓަށް އެދި މިހާތަނަށް 500 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ”ބޯހިވާހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމަށް އިއްޔެ 9:00 ގައި ވަނީ ހުޅުވާލައިފައެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ ފާއިތުވި 24 ގަޑިއިރު 518 އެޕްލިކޭޝަން އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި ފުލެޓަށް އެދި 399 ފޯމު ހުށަހަޅާފައިވާ އިރު، ގޯތި ހޯދަން 119 ފޯމެއް ހުށަހަޅާފައިވާ ކަމަށާއި، ޑްރާފްޓިން ސްޓޭޖުގައި 3،836 ފޯމު ހިމެނޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި އަހަރުގެ އެޕްރިލް 17 ވާ ހުކުރު ދުވަހުގެރޭ 23:59އެވެ.
ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 4 މާޗް 2026 ވާ ބުދަ ދުވަހެވެ.
ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ ހައުސިން މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.

