ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، މާމިގިލި ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކުން ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

ޖޭޕީން ނިންމީ މި އިންތިހާބުގައި ހަމައެކަނި މާމިގިލި ދާއިރާއަށް ކެނޑިޑޭޓުން ނެރުމަށެވެ.
މިއީ އިންތިހާބުގައި ވާދަކުރުމާ ގުޅޭގޮތުން ޕާޓީގެ ކައުންސިލްގައި ކުރެވުނު މަޝްވަރާތަކަށްފަހު ނިންމި ނިންމުމެކެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބަށް ޕީއެންސީން މިހާރު ވަނީ ޕްރައިމަރީ ބާއްވައި، ހުރިހާ ދާއިރާއަކަށް ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައަޅާފައެވެ.