ފަހި ފްލެޓުތަކަށް ކަރަންޓުދީ ނިންމައިފި
”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4,000 ފްލެޓަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯއިން ކުރިއަށްގެންދިޔަ އެންމެހާ މަސައްކަތްތައް ނިންމާލައިފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4,000 ފްލެޓަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯއިން ކުރިއަށްގެންދިޔަ އެންމެހާ މަސައްކަތްތައް މިހާރު ނިންމާލާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

ސްޓެލްކޯއިން ކުރި ޕޯސްޓެއްގައި ބުނީ އެ މަސައްކަތުގެ ދަށުން މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި، ކަނެކްޝަންތައް ހަދައި ޓެސްޓުކުރުމުގެ އިތުރުން، ޕެނަލްތަކުން ފެށިގެން އެޕާޓްމަންޓްތަކާ ހަމައަށް ކަރަންޓު ގުޅައިދިނުމަށް ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ފުރިހަމަކޮށް ނިންމާލާފައިވާ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.