އައްޑޫ ސިޓީ ފޭދޫގައި މީހަކު ވަގަށް ނެގި ބަށިތަކަކާއި ވަޅޯމަސްތަކެއްގެ ވެރި ފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، މި ހިނގާ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ގަން ޕޮލިސްގެ ފުލުހުން ސ.ފޭދޫ އިން ހިފެހެއްޓި މީހެއްގެ އަތުން ވަގަށް ނަގާފައިވާ ވަޅޯމަސް ތަކަކާއި، ބަށިތަކެއް ފެނިފައިވާ ކަމަށެވެ.

މި ތަކެތީގެ ވެރިފަރާތުން ގަން ޕޮލިސްގެ ނަމްބަރު 125 އަށް ގުޅައި، މި ތަކެތި ގެންދިޔުން އެދޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.