އުމްރާގެ އަޅުކަން އަދާ ކުރުމަށް ސައުދީއަރަބިއްޔާއަށް ގޮސް އުޅުނު މީހަކު ނިޔާވެއްޖެއެވެ.
ސައުދީގައި ހުއްޓާ ހާލު ދެރަވީ ހދ. ވައިކަރަދޫ، ސާނިޔާ، މުޙައްމަދު ހަސަންއެވެ.
އޭނާއަށް މިދިޔަ ދުވަސްތަކުގައި ހޮސްޕިޓަލްގައި ދިޔައީ ފަރުވާ ދެމުންނެވެ.
އޭނާގެ އާއިލާއިން ބުނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މުޙައްމަދު ނިޔާވެފައިވާ ކަމަށެވެ.
މުޙައްމަދު، އުމްރާއަށް ދިޔައީ ގިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕާ އެކުއެވެ.

