މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް (ހެކްކޮށް)، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލައެއްގައި 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
އޭގެތެރޭގައި ހިމެނެނީ:
1- މުހައްމަދު ހަސަން (59އ)، ލ. އިސްދޫ / ގުޑްލައިފް
2– އަލީ އިރުފާނު އަހުމަދުދީދީ (26އ)، ސ. ހިތަދޫ / އުދަ
3- އަލީ ޝިރާޒު (38އ)، ސ. ހިތަދޫ / ނަންރީތިގެ
4- އަބްދުﷲ ނާފިޒު (39އ)، ހދ. ވައިކަރަދޫ / ޕެރިމްރޯޒް
5- މުހައްމަދު އަލީ (42އ)، ގއ. ކަނޑުހުޅުދޫ / ފޫހިވާގެ
6- މުހައްމަދު ނުހާދު އަލީ (30އ)، މ. މާލޭގެއާގެ
7- މުހައްމަދު ސިމާދު (38އ)، ހއ. ކެލާ / ޕެނަމާ
8- އަލީ އިމްރާން (38އ)، ގދ. ފިޔޯރީ / ހީނާމާގެ
9- އަބްދުﷲ އިސްރާގު (19އ)، ގދ. ތިނަދޫ / ގުލްބަކާގެ
10- މުހައްމަދު އިބްރާހީމް (49އ)، ކ. ހިންމަފުށި / މެޑޯޒް
އެ މީހުން ހައްޔަރުކޮށްފައިވަނީ މާލެއާއި، އައްޑޫ ސިޓީގެ އިތުރުން ކ. ހިންމަފުށިންނެވެ.
އެގޮތުން ތިން މީހަކު އައްޑޫ ސިޓީން ހައްޔަރުކުރިއިރު، އެކަކު ހައްޔަރުކުރީ ހިންމަފުށިންނެވެ. ބާކީ ތިބި ހަ މީހުން ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުހައްމަދު އިބްރާހީމަށް ފަސް ދުވަސް، މުހައްމަދު އަލީ އަދި މުހައްމަދު ހަސަނަށް ހަތް ދުވަސް، އަލީ އިރުފާނަށް 10 ދުވަސް އަދި ބާކީ ތިބި ހަ މީހުންނަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހާފައެވެ.

