މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 100 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުން އާ ސްޓޮކެއް ގެނެސްފިއެވެ.

އެމްއެމްއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރަން ދިހަ ފަހެއް ނޫޓް ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 100 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވެފައިވާ ކަމަށެވެ.

އެހެންވެ މިއަދު 100 ރުފިޔާގެ އާ ސްޓޮކެއް ގެނެސްފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

ފައިސާގެ ސްޓޮކް މަދުވުމުން ޗާޕު ކުރުމަކީ އާއްމުކޮށް ކުރާ ކަމެކެވެ.

ސްޓޮކް މަދުވުމުގެ ސަބަބުން މިދިޔަ އަހަރުވެސް 100 ރުފިޔާގެ ނޫޓު ގެނެސްފައިވެއެވެ.