ފާސްތާ އަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. ކެއުމަކަށް ދައުވަތު އަރުވާއިރު، ފާސްތާ މޭޒު މަތީގައި ނުހުންނަ ފަހަރެއް މިހާރު ވަރަށް މަދެވެ.
ފާސްތާގެ ގިނަ ބާވަތްތައް ތައްޔާރުކޮށްލާއިރު، މިއަދު ތައްޔާރުކޮށްލާނީ ޓޮމާޓޯ ގާލިކް ޕާސްތާއެވެ.
25 ވަރަކަށް މިނެޓް ތެރޭ ކައްކާލެވޭ މި ކެއުމުގައި ހިމެނޭނޭކަމަށް އަންދާޒާ ކުރެވެނީ ހަތަރު ސަތޭކަ ކޮލެރީސްއެވެ.
ތިރީގައި މިވަނީ ފަސްމީހުންނަށް ވާ ވަރަށް މި ޕާސްތާ ތައްޔާރުކޮށްލާނަމަ ބޭނުންވާނެ ތަކެތީގެ މިންވަރެވެ.
ޓޮމާޓޯ ގާލިކް ޕާސްތާގެ ރެސިޕީ
ބޭނުންވާނެ ތަކެތި
400ގްރާމް – ހޯލް ވީޓް ޕާސްތާ
500ގްރާމް- ޗެރީ ޓޮމާޓޯ
15 ލޮނުމެދު
އޮލިވް އޮއިލް – 2 މޭޒުމަތީ ސަމްސާ
ބޭސިލް ލީވް- 8
ޕާރމިސަން ޗީޒް – ބޭނުންވާ ވަރަށް
ކޮރިއޮންޑާ ލީފް- ބޭނުންވާ ވަރަށް
ލޮނު – ބޭނުންވާ ވަރަށް
ފެން- ބޭނުން ވާ ވަރަށް
މުގުރި އަސޭ މިރުސް – ބޭނުންވާ ވަރަށް
ތައްޔާރުކުރާނެ ގޮތް
މީރު ކޮށް ޕާސްތާ ތައްޔާރުކޮށްލުމަށް އެންމެ ފުރަތަމަ އެންމެ ފުރަތަމަ ފުލުގައި ތަތް ނުލަވާނެ ފަދަ ތެއްޔެއް އުދުން މަތީގައި މަޑު ގިނީގައި ޕާސްތާ ހޫނުކޮށްލާށެވެ. އެއަށްފަހު ފެން އަޅާ ފެންގަނޑު ރަނގަޅަށް ކެކެން ފެށުމުން ލޮނުކޮޅެއް އަޅާލާށެވެ. ޕާސްތާ ރަނގަޅަށް މަޑުވުމުން ފެން ފުރާނާލުމަށްފަހު ދުރުގައި ބަހައްޓާލާށެވެ.
ޕާސްތާ މަޑުކޮށްލަން އުދާލުމަށްފަހު ޓޮމާޓޯ ކޮށާލުމަށްފަހު، ޗީޒް، ލޮނުމެދު ވަކި ދެ ތައްޓަކަށް ގާނާލާށެވެ.
އެއަށްފަހު ކޮށި ތަވައިގައި ތެޔޮ ހޫނުކޮށްލުމަށްފަހު ޓޮމާޓޯ ކޮޅު 4 ނުވަތަ 5 މިނެޓަށް ކައްކާލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ގާނާލި ލޮނުމެދު ކޮޅާއެކު ލޮނާއި އަސޭ މިރުސްވެސް އަޅާލާށެވެ. އެއަށްފަހު ކޮރިއެންޑާރ ފަތްކޮޅު ކޮށާލުމަށްފަހު އެއަށް އަޅާލުމަށްފަހު 10 މިނެޓަށް މަޑު ގިނީގައި ކައްކާލާށެވެ. ސޯސް ގަނޑު ރަނގަޅަށް ކެކުމުން އެއަށް ކުޑަ ފެންފޮދެއް އަޅާލުމަށްފަހު ރަނގަޅަށް މިކްސް ކޮއްލާށެވެ.
އެއަށްފަހު ޕާސްތާކޮޅު އެއަށް އަޅާލާ މިކްސްކޮއްލުމަށްފަހު އެއަށް ޗީސްކޮޅާ ބޭސިލް ފަތްކޮޅު އަޅާ އެއްކޮލުމުން އެވަނީ ޕާސްތާ ކައްކާ ނިމިފައެވެ.

