ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޝާހިދު މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

Ads by Asuru

ޝާހިދުގެ މި ދަތުރުފުޅާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ޝާހިދު ކުރައްވާ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ އާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުގައި ޖިންސީ އަނިޔާތައް ހުއްޓުވުމަށް އިނގިރޭސި ބޮޑުވަޒީރު ކަނޑައަޅުއްވާފައިވާ މަންދޫބާއި މެދު އިރުމައްޗާއި ދެކުނު އޭޝިޔާއާއި އދ. ގެ ކަންކަމާބެހޭ މިނިސްޓަރ އޮފް ސްޓޭޓް ލޯޑް އަޙްމަދު އޮފް ވިމްބްލްޓަންއާ ވެސް ޝާހިދު ބައްދަލުކުރައްވާނެެއެވެ.

އަދި މިނިސްޓަރ ފޯ އޭޝިޔާ, އެނާޖީ ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމަންޓް ލޯޑް ގޯލްޑް ސްމިތާއި ހައުސް އޮފް ކޮމަންސް އަދި ހައުސް އޮފް ލޯޑްސްގެ މެންބަރުންނާ ވެސް ބައްދަލުކުރައްވާނެއެވެ.