އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައިފިއެވެ.

Ads by Asuru

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މާދަމާ ބާާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުށަހަޅުއްވާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ އަހަރަށް ލަފާކުރަނީ ޖުމުލަ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މިހިނގާ އަހަރަށް ފާސްކުރީ 36.99 ބިލިއަން ރުފިޔާ ރުފިޔާގެ ބަޖެޓެކެވެ.