އަދިވެސް އެންމެ ބުއްދިވެރިގޮތަކީ މޮރިޝަސް އަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުން ކަމަށް ރައްޔިތުންގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވެފައިވަނީ، ޗާގޯސްގެ މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އާންމު ކުރެއްވި ލިޔުމާ ގުޅޭ ހަބަރެއް ހިއްސާ ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
ތޯރިގް ވިދާޅުވެފައިވަނީ، އެންމެ ބުއްދިވެރިގޮތަކީ މޮރިޝަސް އަށް ފޮނުއްވި ސިޓީ އަނބުރާ ގެންނައުން ކަމަށެވެ. އަދި ބަންޑާރަނައިބު އިބްރާހިމް ރިފްއަތުއަށް ދަންނަވައިގެން ކޯޓްގައި ކުރިން ބުނިއެތި ކެންސަލް ކަމަށް ދެންނެވުން ކަމަށެވެ. އެކަން އެގޮތަށް ކުރެއްވިޔަސް، ގައުމަށް ޣައްދާރު ނުވާ ކަމަށް ނުވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ޗާގޯސްގެ މައްސަލައިގައި ސަރުކާރުން ސްޓޭންޑް ބަދަލުކުރިކަމަށްބުނެ ގިނަ ބަޔަކު އަންނަނީ އެކަން ސާފުކޮށްދިނުމަށް ސަރުކާރަށް ގޮވާލަމުންނެވެ.
