ދީނީ އިލްމުވެރިޔާ މުފްތީ މެންކު ދެއްވާ ދަރުސް، މިރޭ އައްޑޫ ހައި ސްކޫލްގައި އޮންނާނެއެވެ.

Ads by Asuru

އިސްލާމިކް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި، އައްޑޫ ސިޓީގެ އައްޑޫ ހައިސްކޫލުގައި އޮންނަ މި ދަރުސްގެ މައުޟޫއަކީ ”ޕްރޮޑަކްޓިވް މުސްލިމް”އެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ދަރުސްވެސް އޮންނާނީ ރޭގަނޑު 8.45 ގައެވެ.

މުފްތީ މެންކްގެ މި ދަތުރުފުޅުގައި ވަނީ މާލެއާއި ފުވައްމުލައް ސިޓީގައި ދަރުސް ދެއްވާފައެވެ.  އަދި ހުޅުމާލޭގައި ދެއްވުމަށް ހަމަޖެހިފައިވާ ދަރުސް އޮންނާނީ 31 އޮކްޓޯބަރު 2022 ސިންތެޓިކް ޓްރެކްގައެވެ.

މި ދަރުސްތައް އަޑުއަހަން ނުދެވޭ ފަރާތްތަކަށް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބަލައި، އަޑުއެހުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.