އިންފުލުއެންސަރުންނަކީ ދިމާވާ ކޮންމެ ކަމެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރާބައެކެވެ. ކުޑަ ބޮޑު ނުބަލާ މުޅި ދިރިއުޅުން ހެން ސޯޝަލް މީޑިއާގައި ހިއްސާކުރެއެވެ.

އެގޮތަށް ހިއްސާކުރާ ވީޑިއޯތަކުގެ ސަބަބުން ބައެއް ފަހަރު މީހުން ހޭލުންތެރިވެއެވެ. އަދި ކަންތައްތައް ފެންމަތިވެސް ވެއެވެ.

އެގޮތުން މިފަހަރު މިއޮތީ ޕާނީ ޕޫރީ ފެންގަނޑުގެ ތެރެއިން މީދަލެއް ހޯދާފައެވެ.

އިންޑިއާގެ އަވަށެއްގައި އިންފްލުއެންސަރަކު އޭނާގެ ރައްޓެހިންނާއެކު ޕާނީ ޕޫރީ ކައި މަޖާކުރަމުން ދިޔައީ ޕާނީ ޕޫރީ ފެން އެތީގައި މީދަލެއް އޮތްކަން ނޭނގިއެވެ.

ނަމަވެސް އެމީހުންގެ މި އުފަލާއި، މަޖާ ދެމިގެން ދިޔައީ ހިނދުކޮޅަކަށެވެ. އޭގެތެރެއިން އެކަކުގެ ލޮލުގައި އަޅައިގަތީ  ޕާނީ ޕޫރީ ފެންގަނޑުގެ ތެރޭގައި ދިރިއޮތް ބޮޑު މީދަލެވެ.

އޭނާ ވަނީ އެ ވީޑިއޯ ޝޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އެއިން ފެންނަގޮތުގައި މީދާ ނަގަން އުޅުމުގެ ތެރޭފައި ފުދޭ ވަރަކަށް އިރުވަންދެން ފެން އެތީގައި ދުވެދުވެ މީދާއޮތެވެ.

މީދާ ނަގަން އުޅުނު މީހާގެ އަތުގައި ނުޖެހި ތެލި ތެރެއިން ފުއްމާލައިގެން ދިޔައީ ސީދާ ކާނުގަނޑަށެވެ.

އެ މީދަލާ ކުރިއްސުރެ ފެން އެތީގައި އޮތް އެއްޗެއް ކަމެއް ނުވަތަ މަތި ނުޖަހާ ހުރުމުގެ ސަބަބުން އެތަނުން އެރި އެއްޗެއް ކަމެއް ސާފު ނުވާކަމަށް އިންޑިއާގެ ނޫހެއްގައި ވެއެވެ.

މި ވީޑިއޯގެ ކޮމެންޓްތައް ކިޔާލާއިރު، އިންޑިއާގައި މަގުމަތީގެ ކާތަކެތި ވިއްކާ ތަންތަނަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ހުއްޓެވެ.

އިންޑިއާއަކީ ސްޓްރީޓް ފުޑަށް ވަރަށް މަޝްހޫރު ތަނެކެވެ. އަދި އެކާތަކެތީގެ ނަޖިސް ކަމުން ދުނިޔެއަށް މަޝްހޫރު ތަކެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ އިންފްލުއެންޒަރުންވެސް ވީޑިއޯ ހަދައި، އެ ސްޓްރީޓް ފުޑް ނަޖިސްކަން ދައްކާފައިވަނީ މަދެއްކޮށެއް ނޫނެވެ.