ޖަޕާނުގެ އިޗިކާވާ ސިޓީ ޒޫގައި އުފަންވި ރާމާމަކުނެއް މިވަނީ އޭނާގެ އަމަލުތަކުން އެ ވީޑިއޯ ބެލި އެންމެން ހިތުގައި ޖައްސާފައެވެ.

އެ މަކުނު ވިހެއުމަށްފަހު މަކުނު މަންމަ ވަނީ އޭއްޗަށް އަނިޔާކޮށް ދުރަށް ލާފައެވެ. އޯގާތެރިކަމެއް މަންމަގެ ފަރާތުން ނުލިބުމުން ޒޫގައި ޖަނަވާރު ބަލަހައްޓާ މީހުންވަނީ ވަކި ދުވަސް ތަކެއްވަންދެން ކުޑަ މަކުނު ބަލަހައްޓާފައެވެ. ޕަންޗް ނަމަކަށް ކިޔާ މި މަކުނުގެ ވީޑިއޯ މުޅި ސޯޝަލް މީޑިއާ ފަތަހަ ކުރަމުންދާއިރު، ޕެޓެއްގެ ގޮތުގައި އޭތި ގެންގުޅެން ބޭނުންވާ މީހުންވެސް މަދެއް ނޫނެވެ.

ދުވަސްކޮޅަކަށް ނަމަވެސް އިންސާނުންގެ ތެރޭގައި އުޅުމުން ދެވަނަ ފަހަރަށް ޕަންޗް ޒޫއަށް ދޫކޮށްލުމުން އެހެން މަކުނުތަކާއި އެކު އުޅެން އުނދަގޫވިއެވެ.

މަކުނުގެ އެކަނިވެރިކަން ފެނި ޒޫގައި މަސައްކަތް ކުރާ މީހަކު ވަނީ އޯރަންގްޓަން ސްޕްޓް ޓޯއީ އެއް ދީފައެވެ. އެއާ އެކު ޕަންޗް މުޅި ދުވަސް ހޭދަކުރަނީ އެ ޓޯއީ އާއެކުގައެވެ. އެއާ ނުލާ ފެންނަލެއް މަދު ކަމަށްވެސް ނޫސްތަކުގައިވެއެވެ. އެއާއެކު ގިނަ ވަގުތުތައް ހޭދަކުރުމުގެ ސަބަބުން ހާއްސަ ގާތްކަމެއް ފެނިގެންދެއެވެ.

ނޫސްތަކުގައި ބުނެފައިވާގޮތުން މީގެ ސަބަބުން އެ މަކުނަށް އެހެން މަކުނުތަކާއި އެކު އުޅެންވެސް ދަސްވިއެވެ. މަންމަގެ އޯގާތެރިކަން ނުލިބުނަސް، މިހާރު އެހެން މަކުނުތަކާއި އެކު ކުޅެ، ފުމެ ހަދާ މަންޒަރު ފެންނަ ކަމަށް ނޫސްތަކުގައިވެއެވެ.