އައިސް ކޮފީ އަކީ ގިނަ ބައަކަށް ކަމުދާ ބުއިމެކެވެ. ހޫނު ގަދަ އިރު ކަރުހިއްކުން ފިލުވާލުމަށްވެސް މި ބުއިން ކަމުދާ މީހުން މަދެއް ނޫނެވެ.
މިއަދު ގެނެސްދެނީ ވަރަށް ފަސޭހައިން އައިސްޑް ކޮފީ ތައްޔާރުކޮށްލެވޭނެ ރެސިޕީއެކެވެ.

ބޭނުންވާނެ ތަކެތި

1 ސައިސަމްސާ އިންސްޓެންޓް ކޮފީ (4 ގްރާމް)
¼ އެއްބައި ޖޯޑް ތާފެނާފެން  (60 އެމްއެލް)
ބައި ސަމްސާ ހަކުރު (23 ގްރާމް)
¼ އެއްބައި ޖޯޑް ތާފެނާފެން  (60 އެމްއެލް)
½ އެއްބައި ގޯޑް ފިނިކޮށްފައި ހުރި ކިރު (125އެމްއެލް)
4 އައިސް ކިއުބް

ތައްޔާރުކުރާނެ ގޮތް

ޖޯޑަކަށް ކޮފީ ސަމްސާ އަޅާލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ހޫނުފެންފޮދު އަޅާލުމަށްފަހު އޭގެ ތެރެއަށް ހަކުރު ކޮޅު އަޅާލާށެވެ. އެއަށްފަހު ކޮފީ ހަކުރު ހޫނުފެންފޮދުތެރޭގައި ރަނގަޅަށް މިކްސްކޮށްލާށެވެ.

ދެން އޭގެތެރެއަށް ފިނި ފެންފޮދު އަޅާ މިކްސްކޮށްލުމަށްފަހު އޭގެތެރެއަށް ކިރު އަޅާލާ މިކްސްކޮށްލުމަށްފަހު އޭގެ ތެއަށް އައިސްކިއުބް އަޅާލުމުން އެހެރީ ފަސޭހައިން މަދު ތަކެތީގައި އައިސްޑް ކޮފީ ތައްޔާރުކޮށް ނިމިފައެވެ.