ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދަނީ އަސްލެއް ނެތް ވީޑިއޯއެއް ކަމަށް ބާރަށު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Asuru

މެމްބަރު އަހުމަދު ކަމަށް ބެލެވޭ މީހެއްގެ ވީޑިއޯއެއް، ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އޭނާ ވިދާޅުވީ ދައުރުވަމުން ދަނީ އެއްވެސް އަސްލެއް ނެތް ވީޑިއޯއެއް ކަމަށާއި، އެކަމުން ބަރީއަވާ ކަމަށްވެސް ވިދާޅުވެފައެވެ.

މިފަދަ ވީޑިއޯއެއް އާންމުވެފައިވާއިރު ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގި ގިނަ ބައެއްގެ ވީޑިއޯތަކެއް ވެސް ދާދިފަހުން ވަނީ އާންމުވެފައެވެ.

އަލަމްގީރާއެކު ގުޅުން ހިންގި މައްސަލާގައި ބައެއް ފަރާތްތަކުގެ މައްޗަށް ދައުވާ ވެސް ވަނީ އުފުލާފައެވެ.