ގޭތެރެ ސާފުކޮށް ބެހެއްޓުމަށް ކޮންމެ ދުވަހަކު މޮޕްލާ މީހުން މަދެއްނޫނެވެ. ނަމަވެސް މިހާ ގިނައިން މޮޕުލާއިރުވެސް ގޭތެރޭގެ މުށިގަނޑު އެހާ ސާފުނުވާ ފަހަރު އާދެއެވެ.
އެއީ އެންމެ ރަނގަޅަށް މޮޕްނުލެވޭތީއެވެ. އަދި ހަމައެކަނި އާދައިގެ ފެނުން ރީތިކޮށް މޮޕުލެވިދާނެ ކަމަށް ހީކުރެވޭނަމަ އެހީ ކުރެވެނީ ރަނގަޅަކަށް ނޫނެވެ.
އާދައިގެ މޮޕްލާ ތަކެތިން ނުފުދެނީ ކީއްވެ؟
ކޮންމެ ދުވަހަކު މޮޕްލިޔަސް ތޭރެގެ މުށިތައް އެހާ ސާފުނުވަނީ ކީއްވެކަން އިނގޭ ހެއްޔެވެ. ގޭތެރޭގައި ކުޑަކުދިން ކުޅެން އުޅުމާއި، ކެއްކުމާއި، ހުރިހާ ކަމެއް ކުރާއިރު ބިންމަތީގައި ލައްޖެހޭ އެތައް އެއްޗެއް އެޅެއެވެ. މިލައްތައް ފިލުވުމަށް މޮޕްލާން ބޭނުންކުރާ އާދައިގެ ތަކެތިން ނުފުދެއެވެ. ހަމަ އެކަނި ފެނުން މޮޕް ލާނަމަ މުށި މައްޗަށް އެޅިފަ ހުންނަ ތަކެތި އިތުރަށް ތަތްވެ މުޅި ތަނަށް ފެތުރެއެވެ. މީގެ ސަބަބުން މުށީގައި ހުންނަ ރީތިކަން ގެއްލެއެވެ.
އެންމެ ދެ ސްޓެޕުން މުށި ސާފު
ފުރަތަމަ ސްޓެޕް- ލޮނާއި، ބޭކިން ސޯޑާ ބޭނުންކޮށްގެން މޮޕްލާށެވެ.
ފެނާއި ނުލާ ލޮނުކޮޅަކާއި، ބޭކިން ސޯޑާ ކޮޅު އެއްވަރަކަށް މިކްސް ކޮށްލުމަށްހު މުށިތަކުގެ މައްޗަށް އަޅާލާލުމަށްފަހު ހަރު ފިހިގަނޑަކުން މުށިފަތީގައި ލޮނާއި ބޭކިން ސޯޑާ ހާކާލާށެވެ. ލޮނުގެ ސަބަބުން މުށިމަތީގައި ގިނަ ދުވަސްވަންދެން ނުފިލާ ހުންނަ ލައްތައް ފިލާނެއެވެ.
އަދި ބޭކިން ސޯޑާގެ ސަބަބުން މުށިތަކުގައި ހުންނަ ތެޔޮކަން ފިލައިގެންދާނެއެވެ.
ދެވަނަ ސްޓެޕް- މޮޕްލާން ހޫނުފެން ބޭނުން ކުރާށެވެ. އާދައިގެ ވަރަކަށް ހޫނުފެން މޮޕްލާ ބާލިދީއަށް އަޅާލުމަށްފަހު އެއަށް މޮޕްލާން އާންމުކޮށް ބޭނުންކުރާ ސޮލިއުޝަން ކޮޅެއް އަޅާލާށެވެ.
އަދި އެފެނުން މޮފު ރީތުކޮށް ތެއްމާލުމަށްފަހު ލޮނާއި ، ބޭކިންސޯޑާ ވެސް ސާފުވާ ވަރަށް ރީތިކޮށް ގޭތެރޭގައި މޮޕްލާށެވެ. ރީތިކޮށް ސާފުކޮށް މޮޕްލުމަށް މޮޕް ފެންގަނޑު އެހާ ހަޑިނުވަނީސް ފެންގަނޑު ބަދަލުކުރާށެވެ.
ގޭތެރޭގައި ކޮންމެ ދުވަހަކު އާދައިގެ ގޮތަކަށް މޮޕްލުމަށްފަހު ހަފްތާއަކު އެއްފަހަރު މިގޮތަށް މޮޕްލިޔަސް ގޭތެރޭގެ ބިންމަތި ހަޑިނުވެ ހިފަހައްޓާލެވޭނެއެވެ.
ތަށި މުށީގައި ލައްޖުމާއި ފައިތިލަ ތަތްލަވާ ގޮތްވެސް ނުވާނެއެވެ. ގޭތެރެ ރީތިކޮށް ސާފުކޮށް ފެންނަން ހުރުމުން ލިބޭ ހިތްހަމަޖެހުން އަދި މާބޮޑެވެ.

