އެސްޓޯނިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ވެރިންނާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިސްކުރައްވައިފިއެވެ.
އެސްޓޯނިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހެވެ. އެގޮތުން މިއަދު ފާހަގަކުރަމުންދަނީ އެގައުމުގެ 108 ވަނަ މިނިވަންދުވަހެވެ.
އެސްޓޯނިއާގެ މިނިވަންދުވަހުގެ ތަހުނިޔާ އަރިކޮށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި އެމަނިކުފާު ވަނނީއެ ގައުމުގެ ރައީސް އަލާރް ކާރިސް އާއި ބޮޑު ވަޒީރު ކްރިސްޓަން މައިކަލްގެ އިތުރުން އެގައުމުގެ ރައްޔިތުންނަށްވެސް މިނިސްވަން ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ.
ރާއްޖެއާއި އެސްޓޯނިއާއި ދެމެދު އޮތް އެއްބައިވަންތަ ކަމަށާއި ގާތްކަމަށް ވަރަށް އުފާކުރައްވާ ކަމަށާއި، ފާއިދުވެދިޔަ އަހަރުތަކުގައި އެސްޓޯނިއާއަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް އައިސްފައި ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އަދި ކުރިއެރުންތައް އައީ އެހެންގައުމުތަކާއިއެކު އެކި ދާއިރާތަކުން ބަދަލުކުރުމުގެ ޕްރޮގްރާމްތަކުގެ ސަބަބުން ކަމަށްވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން ރާއްޖެއާއި އެސްޓޯނިއާ އެކުގައި ކުރަމުންދާ މަސައްކަތް ކުރިއަށްދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

