މި މަހުގެ މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ މިހާތަނަށް 200،971 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މިއާއެކު އަހަރުގެ މިހާތަނަށް 428،169 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. ރާއްޖެއަށް މިހާރު އެވަރެޖްކޮށް ކޮންމެ ދުވަހަކު 8،000 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާ އާއި ރަޝިއާއިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ، ޗައިނާއިންނެެވ. އެ ގައުމުން 69,006 ފަތުރުވެރިން އައިސްފައިވާއިރު، ދެ ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ.

އެ ގައުމުން 47,994 ފަތުރުވެރިން މި މުއްދަތުގައި ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށްފައެވެ. ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި އިޓަލީވިލާތުން 41,775 ފަތުރުވެރިން އައިސްފައިވެއެވެ.