ފަލޫދާ އަކީ މީހުންގެ މެދުގައި މަގުބޫލު އަދި ވަރަށް މީރު އެއްޗެކެވެ. ފަލޫދާވެސް އެކި ގޮތްގޮތަށް ތައްޔާރުކުރެއެވެ. މިއަދު މި ގެނެސްދެނީ އެއިން ވައްތަރެއް
ބޭނުންވާނެ ތަކެތި
ފަލޫދާ ސީޑް ފޯކުރަން ބޭނުންވާނެ ތަކެތި
1 ސައިސަމްސާ ފަލޫދާ ސީޑް ( ބޭސިލް ސީޑް)
1 ޖޯޑް ފެން
ފަލޫދާ ހަދަން ބޭނުންވާނެ ތަކެތި
2 ޖޯޑު ފެން
1 ސައިސަމްސާ ހަކުރު
ބައިޖޯޑް ފަލޫދާ ސެވް
4 ޖޯޑް ކިރު
2 ސައިސަމްސާ ހަކުރު
2 ސައިސަމްސާ ރޫހު އަފްޒާ
2 ސައިސަމްސާ ޖެލީ (ސްޓްރޯބެރީ ފެލެވަރ)
1 ސްކޫޕް އައިސްކްރީމް (ވެނީލާ )
ތައްޔާރުކުރާނެ ގޮތް
ތައްޓަކަށް ފަލޫދާ ސީޑް އެޅުމަށްފަހު އެއަށް ފެން އަޅާލާ ތިރީސް މިނެޓްވަންދެން ބަހައްޓާށެވެ. އޮށްތައް ފޯވެ ޖެލީ ފަދަ ގޮތަކަށް ބަދަލުވާނެއެވެ.
ދެން ދެ ޖޯޑް ފެން ތަތް ނުލަވާ ތެއްޔަކަށް އެޅުމަށްފަހު ހަކުރުކޮޅެއް އަޅާލާށެވެ.
ފަލޫދާ ތައްޔާރުކުރުމަށް ބޭނުންކުރާ ތަކެތި (ފަލޫދާ ސެވް) އެއަށް އެޅުމަށްފަހު 3 މިނެޓް ވަންދެން ކައްކާލުމަށްފަހު އޭގެއިން ފެން ފުރާނާށެވެ. އެއަށްފަހު އޭގެ ތެރެއަށް ފިނި ފެންފޮދެއް އަޅާލާށެވެ.
ވަކިން ތެއްޔަކަށް ކިރު އެޅުމަށްފަހު މަޑުގިނީގައި، ހަލަމުން 10 މިނެޓް ވަންދެން ކައްކާލާށެވެ.
އަދި އޭގެތެރެއަށް 2 ސައިސަމްސާ ހަކުރު އަޅާލާށެވެ. ހަކުރު ކޮޅު ވިރަންދެން މިކްސް ކުރަމުން ކައްކާލުމަށްފަހު ފިނިވަންދެން ބަހައްޓާށެވެ. އޭރުން އެހެރީ ފަލޫދާއަށް އަޅާ ކިރު އެހެރީ ތައްޔާރުކުރެވިފައެވެ. ދެން ބިއްލޫރި ތައްޓަކަށް 2 ސަމްސާ ރޫހު އަފްޒާ ނުވަތަ ރޯސް ސިރަޕް އަޅާލުމަށްފަހު އޭގެ ތެރެއަށް ފޯކުރި ފަލޫދާ ސީޑުން ތަކުން ދެ ސައިސަމްސާ ބިއްލޫރިތައްޓަށް އަޅާލާލުމަށްފަހު އެއަށް ދެސަމްސާ ފަލޫދާ ސެވް އަޅާލާށެވެ. އަދި ތައްޔާރު ކުރި ކިރުން 1 ޖޯޑް ކިރު ބިއްލޫރިތައްޓަށް އަޅާލުމަށްފަހު މަޑުމަޑުން ގިރާލާށެވެ. ދެން އޭގެ ތެރެއަށް ޖެލީ އަޅާލުމަށްފަހު މައްޗަށް އައިސް ކުރީމް އަޅާލާށެވެ. އެހެރީ މީރުކޮށް ފަލޫދާ ތައްޔާރުކޮށްލެވިފައެވެ.

