ދީނީ އިލްމުވެރިޔާ މުފްތީ މެންކު ދެއްވާ ދަރުސް، މާދަމާ ރޭ ހުޅުމާލޭގައި އޮންނާނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ދަރުސް އޮންނާނީ ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގައި ކަމަށެެވެ.

އެ މިނިސްޓްރީގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ މުފްތީ މެންކު މިހާތަނަށް މާލެ، އައްޑޫ އަދި ފުވައްމުލައް ސިޓީގައިވެސް ދަރުސްތައް ދެއްވަވާފައިވެެއެވެ.

މެންކްގެ ދަރުސްތަކަަށް ގިނަ ދިވެހީންގެ ތަރުހީބު އޮވެއެވެ.