ކީރިތި ޤުރްއާން ހިތުދަސްކުރި ހާފިޒުންނަށް، ރައީސް ދެއްވާ މެޑެއްޔާއި އިނާމު ދޭ ޖަލްސާ މާޗު މަހުގެ އެކެއްވާ އާދީއްތަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އެ ޖަލްސާގައި މިއަަހަރު 50 ހާފިޒުންނަށް މެޑައްޔާއި އިނާމް ލިބޭނެ ކަމަށެވެ.

ކީރިތި ޤުރްއާން ހިތުދަސްކުރި ހާފިޒުންނަށް އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ މެޑެއްޔާއި އިނާމު ދެއްވައިފައިވަނީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި 1446 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގެ ދެ ވަނަ ދުވަހު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

އެ އަހަރު 28 ހާފިޒަކަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު ލިބިފައިވެއެވެ.