ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި ދަރިން މަގުމަތިން ހިނގާފައި ދަނިކޮށް ވީޑިއޯ ނަގާ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.
މިކަމާއި ގުޅިގެން އެކްސްގައި މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވަނީ ހުއްދަ ނުހޯދާ އާއިލާގެ ވީޑިއޯ ސޯޝަލް މީޑިއާށްލި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އަންހެނަކާއި ދެ ކުދިން މަގުމަތިން ދާ މަންޒަރެވެ. އަދި އޭގެ ތެރެއިން އެއްކުއްޖަކު ބައިސްކަލްގައި ދިޔައިރު ކަރީގައި ފިރިހެނަކު ހުންނަ މަންޒަރު ފެނެއެވެ. އެ ވީޑިއޯގައި ތުހުމަތުކޮށްފައިވާ ގޮތުން އެއީ އެކުދިންގެ ބޮޑީގާޑެވެ.
މިނިސްޓަރުގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހީމް ވަހީދާއި، އެޕާޓީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް އަކްރަމް ކަމާލުއްދީން ވަނީ މިނިސްޓަރގެ 10 އަހަރުގެ ދަރިފުޅާއި އަންހެނުން މަތުމަތިން ދަނިކޮށް ވީޑީއޯ ކޮށްފައި ކަމަށާއި، އަދި ކާކުކަން ނޭނގޭ އައިޑީއަކުން ސޯޝަލް މީޑިއާގައި އެ ވީޑިއޯ ޕޯސްޓްކޮށްފައިވާކަމަށެވެ. މިނިސްޓަރު ވަނީ އެމީހުން ވީޑިއޯ ނަގަން ތިބި މަންޒަރުގެ ސީސީޓީވީ ވީޑިއޯއެއްވެސް ހިއްސާ ކުރައްވާފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން އެ ވީޑިއޯ ކޮށްފައިވަނީ އެމްޑީޕީގައި އިސްކޮށް އުޅުއްވާ އަކުރަމް ކަމާލުއްދީން ދޭ ފޯނަކުން އިބްރާހީމް ވަހީދެވެ.
އަދި މިއީ ޑިމޮކްރަސީއާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުގެ ހިމާޔަތުގައި ވަކާލާތުކުރާ ބައެއްގެ ފަރާތުން ފެނިގެންދިޔަ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ އިސްމަގާމު ތަކުގައި ތިއްބެވި ބައެއްގެ ފަރާތުން މިފަދަ އަމަލެއް ފެނިފައިވާއިރު، އެޕާޓީއަކީ ޑިމްރަސީގެ ރީތި އުސޫލާއި ، ކަބަލުންގެ ހައްގުތަކާއި، ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތު ކުރާ ކަމަށް ބުނަމުން އަންނަ ޕާޓީއެކެވެ. ނަމަވެސް މިއަދާހަމަޔަށް ވެސް އެ ޕާޓީގެ ފަރާތުން ދައްކާވާހަކަޔާއި އަމަލު ދިމާނުވާކަން ފާހަގަކޮށްލެވެއެވެ.
މީހުންގެ އަބަރު ކަތިލުމާއި ހައްގުތަކަށް އަރައިގަތުން ފަދަ ކަންތައްތަކީ އެޕާޓީގެ ފަރާތުން އާއްމުކޮށް ފެންނަ ކަންތައްތައް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

