ދިވެހީން މި ވަތަނުގައި ދިިރިއުޅޭތާ އެތައް ސަތޭކަ އަހަރު ވެފައިވާކަމަށް ހެކިދެނީ ދިވެހި ތާރީހު ކަމަށާއި އަމިއްލަވަންތަ މިނިވަން ގައުމެއްގެ ގޮތުގައި، އަންނަން އޮތް ޒަމާންތަކުގައި އަޅުގަނޑުމެން ދެމިތިބުމަށް އޮތް އެންމެ އާރުލާ އެއް ސަބަބަކަށް ވާނީވެސް ދިވެހި ތާރީހު ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ޤައުމީ ތާރީޚުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި، މާޒީގެ ވާހަކަތަކުގެ ޖުމްލަތަކާއި ތަސްވީރުތަކާއި ގަދީމީ އާސާރުތަކުން އެތައް ވާހަކަތަކާއި އިބްރަތްތަކާއި ހިކްމަތްތައް ލިިބިގެންދާކަމަށް ވިދާޅުވިއެވެ.
އަދި، ދިވެހިން މި ފަހުރުވެރި ގައުމުގައި އުޅޭތާ އެތަކެއް ސަތޭކަ އަހަރު ވެފައިވާކަން ތާރީހުން ހެކިދޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަަމައެހެންމެ، އަންނަން އޮތް ޖީލުތަކަށް މިނިވަން، އަމިއްލަވަންތަ ގައުމެއްގެ ގޮތުގައި އޮތުމަށް އޮތް އެންމެ ބޮޑު ސަބަބަކީ ދިވެހި ތާރީޚު ކަަަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ތާރީހާއި ތަރިކަ ރައްކާތެރިކޮށް، ތާރީޚާއި ތަރިކައިގެ އިލްމު ފުޅާކޮށް، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް ފައްޓަވާފައެވެ.

