ތ.ވިލުފުށި އެއާޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ ހަފްތާ ތެރޭގައި މުޅިން ނިމޭނެ ކަމަށް އެމްއޭސީއެލުން ބުނެފިއެވެ.

މިކަމާއި ގުޅިގެން އެމްއޭސިލްއިން ބުނެފައިވަނީ ވިލުފުށި ބިންހިއްކުމުގެ މަސައްކަތް ނިމުމަކާ ހަމަޔަށް އައިސްފައިވާކަމަށާއި، އެގޮތުން އެ ސައްކަތުގެ 98 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އަދި އަންނަ ހަފްތާތެރޭގައި މި މި މަސައްކަތް އެއްލޮށް ނިންމާލެވޭނެ ކަމަށްވެސް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

މިއީ ވިލުފުށީގައި އެއާޕޯޓެއް ތަރައްޤީކުރުމަށް ހިންގާ ޕްރޮޖެކްޓެއް މި ޕްރޮޖެކްޓްގެ ދަށުން ހިއްކަންޖެހެނީ 80 ހެކްޓަރ ކަމަށާއި އޭގެ ތެރެއިން 79 ހެކްޓަރ މިހާރު ހިއްކާފައިވާކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

އެ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން  މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގައެވެ.

ވިލުފުށި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ، ފިލިއްޕޯ ބްރޫނެލްޝީ ނަމަކަށް ކިޔާ ޑްރެޖަރެއް ބޭނުންކޮށްގެންނެވެ. މިއީ ކެޕޭސީޓީގައި 11،300 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލްކަން ލިބިގެންވާ ޑްރެޖަރެކެވެ.

ވިލިފުށީގައި ތަރައްޤީކުރުމަށް ނިންމާފައިވާ 1800 މީޓަރުގެ ރަންވޭއެއް ހިމެނޭ އެއާޕޯޓްގެ މަސައްކަތް ނިންމަން ހަމަޖެހިފައިވަނީ ދެ އަހަރާއި ހަ މަސްދުވަހުގެ ތެރޭގައެވެ.