މެދުއިރުމަތީގެ މަޝްރަހް ނުތަނަވަސްކަން އިތުރުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އުފައްދަވައިފިއެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް މުއިއްޒު ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އުފައްދަވާފައިވާކަމަށެވެ.
ހީނާ އިތުރަށް ވިދާޅުވެފައިވަނީ މިކޮމިޓީގައި ހިމެނޭ ވުޒާރާތަކުން ކަމާއި ބެހޭ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރާނެ ކަމަށެވެ.
މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ 9 ވަޒީރުންނެވެ. ކޮމިތީ ޗެއާއަކަށް ހަމަޖައްސަވާފައިވަނީ ހާރިޖީ ވަޒީރު، ޑރ.އަބްދުﷲ ހަލީލުކަމަށް ހީނާ ވިދާޅުވެފައިވެއެވެ.
ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް (ކޮމިޓީގެ ޗެއަރ)
ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްސާން މައުމޫން
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު
އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު
ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން
ހޯމް މިނިސްޓަރ އަލީ އިހުސާން
ޓޫރިޒަމް މިނިސްޓަރ ތާރިގް އިބްރާހީމް
ހަޔައެޑިއުކޭޝަން މިނިސްޓަރ ޑރ. އަލީ ހައިދަރު
އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުން އަންނީ އެ ސަރަހައްދުގައި އުޅޭ ދިވެހިންގެ ހާލަތުގާތުން ބަލަމުންނެވެ. އަދި ސަރުކާރުން ވަނީ އެސަރަހައްދުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ސަމާލުވުމަށް އެދިފައެވެ.
އަދި ވީހާވެސް އަވަހަށް އެންބަސީތަކުގައި ރަޖިސްޓްރީވުމަށްވެސް ސަރުކާރުން ވަނީ ލަފާދީފައެވެ.

