ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މުއއްޒު ވެރިކަމާއި ހަވާލުވިއިރު ގައުމު އޮތީ އިގްތިސާދީ ނާމާން ކަމެއްގައި ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް އިންތިހާބުގައި ހއ. އިހަވަންދޫއިން ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓުންގެ ކެންމެއިން ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު ގައުމު އޮތީ އިގްތިސާދީ ނާމާން ކަމެއްގެ ތެރޭގައި ކަމަށެވެ.

އިގުތިސާދީ އަދަވަޅުން ނަގައިގަނެވޭނެ ފަދަ އެއްވެސް ކަހަލަ އުއްމީދެން ނެތްކަމަށާއި، މުޅި ގައުމު އޮތީ ދަރާ ވިކިފަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މިއަދުގެ ރައީސް ރެއާދުވާލު ކުރެއްވި ބުރަމަސައްކަތުން މިއަދު މިގައުމު ބަގުރޫޓްނުވާނެ ހާލަތަށް ގެނެސްފައިވާކަމަށެވެ.

ސައީދު ވިދާޅުވީ ރާއްޖެއިން ދައްކަންޖެހޭ ފައިސާތައް ދައްކާނެ ކަމަށާއި، އެތަކެއް ވަޒީފާއެއް އުފެދޭނެ އާ މަޝްރޫއުތައްވެސް ފަށާފައިވާކަމަށެވެ.

އަދި ރާއްޖެއަށް އާ އިންވެސްޓްމަންޓްތައް ވެސް އެބަ އަންނަ ކަމަށާއި، އަދި ކުރެޑިޓް ރޭޓިން ޖަންކަށްގޮސް ރާއްޖެއާއީ ދޭތެރޭގައި އިތުބާރު ގެއްލިފައި އޮތް ދަނޑިވަޅެއްގައި މިއަދުގެ ރައީސްވަނީ އުއްމީދެއް އާ ކޮށްދެއްވާފައިކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

އާދައިގެ ކުންފުއްޏެއްގައި ފައިސާ ހުންނަވަރަށްވެސް ދައުލަތުގެ ރިޒާވްގައި ފައިސާނެތް ކަމަށާއި ނަމަވެސް މިއަދު އެހާލަތުން އަރައިގަނެވިފައިވާކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އެ ހަފްލާގައި އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޕީއެންސީއިން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށް މަސައްކަތް ކުރަންވާނީ އެ ކެންޑިޑޭޓުން އެކަނި ނިކުމެގެން ނޫންކަމަށާއި، އެންމެން އެކަތި ގަނޑަކަށްވެ ބަދަހި ޓީމެއްގެ ގޮތުގައި ނިކުމެ މަސައްކަތް ކުރުމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

ޕީއެންސީގެ ކެންޑިޑޭޓުންނަށް އިހަވަންދޫ ރައްޔިތުން ވޯޓް ދެއްވަންވީ ސަބަބުތައް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ފާއިތުވި ސަރުކާރުގައި އިހަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ކިހާވަރަކަށްތޯއާއި އަދި މިސަރުކާރުން މިހާތަނަށް އިހަވަންދޫއަށް ކޮށްދީފައިހުރި ކަންތައްތަކާއި، ކުރުމަށް ރާވާހުރި މަޝްރޫއުތަކާއި އަޅާކިޔާލުމަށް އަދި ރައްޔިތުން ގޮތް ނިންމާނީ މި ފަދަ ކަންތައްތަކަށް ވިސްނާލުމަށްފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޕީއެންސީގެ އަޣްލަބިއްޔަތު އޮތް އާބާދީއެއް ހިމެނޭ އިހަވަންދޫގެ ރައްޔިތުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓްދެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގަންނަވާފައެވެ.